ޚަބަރު

އިނގިރޭސި ރާނީ، ރައީސް ޔާމީނަށް ތަހުނިޔާ ފޮނުއްވައިފި


ދިވެހިރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި، މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ފޮނުއްވެވުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ އުފަލެއްކަމަށް ވިދާޅުވެފައިވެއެވެ.
އަދި ދިވެހިރައްޔިތުންނަށް ބާއްޖަވެރި، ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާކަމަށް އިނގިރޭސި ރާނީ ފޮނުއްވެވި މެސެޖުގައިވެއެވެ.