ޚަބަރު

18 އޮގަސްޓުން ފެށިގެން ރިޔާސީ ކެނޑިޑޭޓުންނަށް ސެކިއުރިޓީ ހަމަޖައްސަނީ


އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އޮގަސްޓުމަހުގެ 18 ވަނަ ދުވަހުން ފެށިގެން ސެކިއުރިޓީ ހަމަޖައްސައިދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ރަނިން މޭޓުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އެބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ހަމަޖައްސައިދެއްވުން އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ސެކިއުރިޓީގައި މިހާރު ދަންނަވާފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.

އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާއިރު، މިހާތަނަށް ފޯމް ނަގާފައިވަނީ ނުވަ ފަރާތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހަޅާފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިންގް މޭޓް ފައިސަލް ނަސީމެވެ.ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ހުޅުވާލުމާއެކު ބުރާސްފަތި ދުވަހު ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިންގް މޭޓް ފައިސަލް ނަސީމެވެ. އަދި އިލެކްޝަނުން ވަނީ އެ ފަރާތްތަކުގެ ކެންޑިޑެސީ ބަލައިގަނެފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ.