ޚަބަރު

މާލޭގެ ގެސްޓުހައުސެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ


މާލޭގެ ގެސްޓުހައުސެއްގެ ތެރޭގައި މީހަކު މަރުވެފައިވާ އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ހެންވޭރުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ފިރިހެނަކު މަރުވެފައިވާ އޮތްވާ ފެނިގެން މިއަދު މެނދުރު 1:47 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ.
ފުލުހުން މިކަން ތަހުޤީޤުކުރަމުންދާއިރު، މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.