ޚަބަރު

ރައީސް ޔާމީން، މަޑަވެލި ބަނދަރު ހުޅުވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ކާމިޔާބީފާހަގަކޮށް، އެރަށު ބަނދަރު ހުޅުވައިދެއްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑަވެލި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ކާމިޔާބީ ފާހަގަކޮށް، މަޑަވެލީ ބަނދަރު ޙުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ.
މަޑަވެލި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް 10 މިލިއަނަށްވުރެ ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާފައިވާއިރު، މިމަޝްރޫއުގެ ދަށުން، މަޑަވެލީގެ ގިރާ ސަރަހައްދަށް 17 ހާސް ކޮޑިމީޓަރުގެ ވެލިއަޅައި، ރަށުގެ ގިރާ ސަރަހައްދުގައި ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއާއި، ގދ. ގައްދޫއަށް ވަޑައިގެން އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެދެރަށުގައި ތަރައްޤީކުރައްވާފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.