ޚަބަރު

ރިޔާސީ ކެނޑިޑޭޓުންނާއި ރަނިންގ މޭޓުންނަށް މިއަދުން ފެށިގެން ސެކިއުރިޓީ ދެނީ


ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ރަނިންގ މޭޓުންނަށް މިއަދުން ފެށިގެން ސެކިއުރިޓީ ދޭން ފަށާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، އެމަނިކުފާނުގެ ފޭސް ބްކް ޕެޖްގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވީ، އިންތިޚާބުތަކާއިބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން، ސެޕްޓޭމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ ރަނިންގ މޭޓުންނަށް މިއަދުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ސެކިއުރިޓީ ދޭން ފަށާނެކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ދެފަރާތުންވެސް ކެމްޕެއިން ހަރަކާތްތަށް ވަނީ ފަށާއެވެ. ނަމަވެސް ކެނޑިޑޭޓުންގެ ނަންތަރުތީބުކުރުމާއެކު، ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށިގެން ދާނެއެވެ.