ޚަބަރު

އިންތިޚާބާ ގުޅުންހުރި އިނގިރޭސި ބަސްތަކަކަށް ދިވެހި ބަސް ހޯދަނީ


އިންތިޚާބާ ގުޅުންހުރި އިނގިރޭސި ލަފްޒު ތަކަކަށް ދިވެހި އައު ލަފްޒު ހެދުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ދިވެހި ބަހުގެ އެކެޑެމީން ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން އައު ލަފްޒު ހޯދުމަށް ޢިއުލާން ކޮށްފައިވާ ބަސްތަކުގެ ތެރޭގައި އިންތިޚާބު ތަކުގައި ޢާންމުކޮށް ބޭނުން ކުރަންޖެހޭ ލަފްޒުތައް ހިމެނެއެވެ. އޭގެ ތެރޭގައި ވޯޓަރސް އާއި ކެންޑިޑޭޓް ގެ އިތުރުން ކެންޑިޑެސީ އާއި ރީ-ރަޖިސްޓްރޭޝަން ހިމެނެއެވެ. މި ބަސްތަކަށް ދިވެހި ބަސް ހެދުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތުދެއެވެ.

ދިވެހިން ޢާންމުކޮށް ބޭނުންކުރާ އިނގިރޭސި ލަފްޒުތަކަށް ދިވެހި ލަފްޒުހެދުމަށްޓަކައި ޚިޔާލު ހޯދުމަށް ދިވެހިބަހުގެ އެކެޑަމީން ދޭތެރެދޭތެރެއިން ހުޅުވާލައެވެ. ހުށަހެޅޭ ޚިޔާލުތަކަށް ބަލައި އައު ލަފްޒުތައް ފާސްކުރަނީ ދިވެހިބަހުގެ އެކެޑަމީގައި އޮންނަ މިކަމަށް ޚާއްޞަ ކޮމިޓީއަކުންނެވެ.