ޚަބަރު

ދިރާގާއި އުރީދޫން ސެމްސަންގ ނޯޓް 9 ވިއްކަން ފަށައިފި


ދިރާގާއި އުރީދޫން ސެމްސަންގުން އެންމެފަހުން ނެރުނު ސެމްސަންގ ނޯޓް ނައިން ފޯނު ވިއްކަން ފަށައިފިއެވެ.

ސެމްސަންގ އިން އެންމެ ފަހުން ބާޒާރަށް ނެރުނު ސެމްސަންގ ނޯޓް ނައިން، ދިރާގާއި އޫރިދޫއިން ވިއްކަން ފެށުމުގެ ގޮތުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އުރީދުން ސެމްސަންގ ނޯޓް ނައިން ފޯނު، ވިއްކަން ފެށުމުގެ ގޮތުން ރަސްފަންނުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، ދިރާގުގެ ރަސްމިއްޔާތު އޮތީ ދިރާގު ހެޑް އޮފީހުގައެވެ.

ސެމްސަންގ ނޯޓް ނައިން ފޯނު ރާއްޖޭގައި ވިއްކަން ފަށާފައިވާއިރު ދިރާގާއި އޫރިދޫން ވަނީ ނޯޓު ނައިން ގަތުމަށް ޕްރީ އޯޑަރު ދިން ފަރާތްތަކަށް ފޯނު ދޫކުރަން ފަށާފައެވެ. މީގެ އިތުރުން އުރީދޫ ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށް އިންސްޓޯލްމަންޓަށްވެސް ނޯޓް ނައިން ދޫކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖޭގައި ސެމްސަންގ ފޯން އޮތޯރައިޒްކޮށް ޑިސްޓިރިބިއުޓުކުރާ ދިރާގުން ވަނީ، އެސް ނައިން އަށް ޕްރީ އޯޑަރ ދިން ކަސްޓަމަރުންނަށް 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކުވެސް 5 ޖީބީގެ ހިލޭ ޑޭޓާ ފޯރުކޮށްދިނުމަށް ނިންމާފައެވެ.