ޚަބަރު

ޑރ.ޝަހީމް އިބްރާހިމް މުޙައްމަދު ޞާލިހްއަށް މަރުޙަބާ ދަންނަވައިފި


މިއަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ޞާލިހް އަށް ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޑރ ޝަޙީމް ކުރެއްވި ޓްވިޓެއްގައި ވަނީ އިބްރާހިމް މުޙައްމަދު ޞާލިހް އަށް މަރުޙަބާ ވިދާޅުވެ ވެރިކަމުގައި ރާއްޖެއަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޤައުމު ހިންގުމުގައި އިބްރާހީމް މުޙައްމަދު ޞާލިހްއަށް އެހީތެރިވުމަށް ރާއްޖޭގެ ރަށްޔިތުންނަށް ޑރ.ޝަހީމް ވަނީ ގޮވާލައްވާފައެވެ.

އިބްރާޙިމް މުހައްމަދު ޞާލިހް އަށް ޑރ.ޝަހީމް މަރުޙަބާ ދަންނަވާފައިވާއިރު ސަރުކާރުގެ ކެބިނެޓް ވަޒީރުންދަނީ އިބްރާޙިމް މުހައްމަދު ޞާލިޙް އަށް މަރުޙަބާ ދަންނަވަމުންނެވެ. މިގޮތުން މިހާރުގެ ފިޝަރީސް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމު މިނިވަންކަން މަތީ ބޭއްވުމަށާއި ގަބޫލުނުކުރުމުގެ ޖަޒުބާތުގައި ނުޖެހުމުގެ ބާރު ރާއްޖޭގެ ވެރިންނަށް ދެއްވުމަށް އެދި ދުޢާކޮށްފައެވެ.