އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ފޮނުވާ ބަޖެޓަށް އުނިއިތުރު ކަމެށް ނުގެނެސްކަމަށް ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެއްމެގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު ބަޖެޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ވީއެންމެ އަވަހަކަށް ހުށައެޅުމަށް ގޮވައިލައްވާފައެވެ.
ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ 2019 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ދުރާލައި ކުރަންފަށާފައިވާއިރު ބަޖެޓްގެ ޓެކްނިކަލް މަސައްކަތުގެ ގާތްގަޑަކަށް %50 މަސައްކަތް މިހާރު ކޮށްފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހޯދައި ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އާސަރުކާރުން ބަޖެޓް އެއްކޮށް ތައްޔާރުކޮށް މިމަހުގެ 31ގެ ކުރިން ފިނޭސް މިނިސްޓްރިއަށް ފޮނުއްވުމަށް އަންގާފައިވަނީ މިއީ ކުރި އަހަރަރުތަކުގެ ތަޖްރީބާއިން އާ ސަރުކާރެއް އައިސް އެބޭފުޅުން ބޭނުންވާ ސިޔާސަތު ނެތުމުގެ ސަބަބުން އަހަރުގެ ކުރީކޮޅު ބަޖެޓުން ޚަރަދުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށްކަމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅޫވިއެވެ.
ބަޖެޓުގެ ދަރަނި ކުރުމުގެ ބޭނުމަކީ ދިވެހިންގެ ބޮލުގައި އެޅިފައިވާ ދަރަނި ވީހާވެސް ބޮޑަށް ކުޑަކުރުން ކަމަށާއި އެންމެ ފުރަތަމަކަމަކަށް އިދިކޮޅު ފަރާތްތަކުން ކަނޑައަޅާ ބަޖެޓުގެ ސިޔާސަތަކީ ކޮބައިތޯ ނިންމަން ޖެހޭކަމަށްވެސް މިނިސްޓަރ މުނައްވަރު ވުދާޅުވިއެވެ. މުނައްވަރު ވިދާޅުވީ އާސަރުކާރުގެ އޮނިގަނޑު އެނގުމަކީވެސް މުހިންމުކަމެއްކަމަށާއި އާސަރުކާރުގައި އެކިއެކި މިނިސްޓްރީތައް އުފެދިގެންދާ ވާހަކަ އަޑުއިވޭއިރު އެމަޢުލޫމާތުތައް އެނގުމަކީ މުހިންމު ކަމެއްކަމަށްވެސް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.
ބަޖެޓުގައި ހިމަނަން ބޭނުންވާ އިދާރީ ބަދަލުތަކާއި އައު ސިޔާސަތުތަކުގެ ތަފްޞީލް ހިމެނޭހެން ބަޖެޓެއް ތައްޔާރު ކޮށްދެއްވުމަށް އިންތިޚާބީ ރައީސްގެ އަރިހުން އެދިފައިވާއިރު އެބަޖެޓު ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.