ޚަބަރު

ބުރިޖް ބޭނުންކުރާ ކަނބަލުންގެ ބުރުގާއަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި


ސިނަމާލެ ބުރިޖާއި ލިންކް ރޯޑުގައި އެއްގަމަ އުޅަނދު ދުއްވާ ކަނބަލުންގެ ބުރުގާ ވަޔާގޮސްދާނެކަމަށް ސަމާލުވެގެން ވެހިކަލް ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭއިރު، ސިނަމާލެ ބުރިޖާއި ލިންކް ރޯޑުގައި އެއްގަމު އުޅަނދު ދުއްވާ ކަނބަލުން ބުރުގާ ވަޔާ ގޮސް ނުރައްކާތެރި ޚާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންކަމުން ބުރުގާ އަޅާ ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.

ބުރިޖާއި ލިންކު ރޯޑް ބޭނުންކުރާ ކަނބަލުންގެ ބުރުގާއަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު މިސަރަޙައްދުގައި ދަތުރުކުރާ ފަރާތްތަކުން ކުޑައާއި އާދައިގެ ކޮތަޅު ކޯޓު ބޭނުން ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ ގަދަވަޔާއެކު ވާރޭވެހޭ ވަގުތުތަކުގައި ބައެއް ހާދިސާތައް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ.