ޚަބަރު

ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިހް، ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފި


ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިހާއި ނައިބްރައީސް މުންތަޚައްބު ފައިސަލް ނަސީމް، ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒް، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގައި މިއަދު ބޭއްވި މި ބައްދަލުކުރެެއްވުމުގައި ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމްވެސް އަދާކުރައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްވެސް ބައިވެރިވެވަޑައިގެންނެވިއެެެވެ.

ވެރިކަން ބަދަލުކުރުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ގެންދަވަނީ ސަރުކާރުގެ ވުޒާރާތަކާއި، އެކި އެކި މުޢައްސަސާތަކާ ބައްދަލުކުރައްވަމުންނެވެ.

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ އަލަށް އިންތިޚާބުވި ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭނެކަން ސަލާމަތީ ބާރުތަކުން ހާމަކުރުމާގުޅިގެން ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ސަލާމަތީ ބާރުތަކަށް ޝުކުރުދަންނަވާފައެވެ.