ގދ. ތިނަދޫގައި ހުންނަ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައި ކޭމްޕެއް ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޭމްޕަކީ އޮޕްޓިކެއަރ ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ ކޭމްޕެކެވެ.
އޮޕްޓިކެއަރ އަކީ އައިނު ހެދުމާއި ކޮންޓެކްޓް ލެންސް އަދި އެ ނޫނަސް ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދެމުންދާ ކުންފުންޏެކެވެ. އެކުންފުނިން ބުނި ގޮތުގައި މިކޭމްޕުގައި ލޯ ޓެސްޓު ކުރުމާއި ނަމްބަރު ނެގުމުގެ ޚިދުމަތް ފޯރުކޮށްދެނީ މުޅިން ހިލެއެވެ. އަދި ހެޔޮ އަގުގައި ނަމްބަރު އައިނާއި ކޮންޓެކްޓް ލެންސް ހެދުމުގެ ޚިދުމަތް މިކޭމްޕުގެ ތެރެއިން ލިބިގެންދާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.
އެކުންފުނީގެ އަމާޒަކީ މާލެ ގޮސްގެން ލޯ ޓެސްޓު ކުރުމާއި އައިނު ހެދުމާއި ނަމްބަރު ނެގުމަށް ތިނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މިކޭމްޕުގެ ސަބަބުން ލުއިފަސޭހަކޮށް ޚިދުމަތް ފޯރުކޮށްދިނުމެވެ.