ޚަބަރު

ދަށު ކޯޓުތަކަށް 15 މެޖިސްޓްރޭޓުން ޢައްޔަންކުރަން ނިންމައިފި


ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މެޖިސްޓްރޭޓުން އައްޔަންކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ބުނީ އެކޮމިޝަނުގައި ބޭއްވި ބައްދަލުވުމަކަށްފަހު ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރަން ނިންމާފައިވާ ކަމަށާ މިގޮތަށް ނިންމީ އެކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ނެގި ވޯޓަކުން ކަމަށެވެ.

މެޖިސްޓްރޭޓުން އައްޔަންކުރަން ނިންމާފައިވަނީ ށ. ފޯކައިދޫއާއި، ރ. އަލިފުއްޓާއި، ރ. ދުވާފަރާއި، ކ. ކާށިދޫއާއި، ކ. ހިންމަފުއްޓާއި، ކ. ގުޅިއާއި، ކ. ތުލުސްދޫއާއި، އދ. ދިގުރަށާއި، ފ. ދަރަނބޫދޫއާއި، ދ. ހުޅުދެލިއާއި، ތ. ތިމަރަފުއްޓާއި، ލ. ގަމާއި، ގއ. ވިލިގިއްޔާއި، ފުވައްމުލަކާއި އަދި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ޖޭއެސްސީން ބުނީ އެރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހުސްވެފައިވާ މަޤާމްތަކަށް ޤާބިލް ބޭފުޅުން ބެލުމަށްފަހު ވަރަށް އަވަހަށް އެ މަޤާމްތަކަށް މީހުން އައްޔަން ކުރާނެ ކަމަށެވެ.

މެޖިސްޓްރޭޓެއްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި މަހަކު 23450 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސްވެސް ލިބެއެވެ.