ޚަބަރު

ޤަތަރު އެއަރވޭސް އިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރަނީ


މި މަސް ނިމުމުގެ ކުރިން ޤަޠަރު އެއަރވޭސްގެ އިތުރު ފްލައިޓެއް ރާއްޖެއަށް ދަތުރުކުރަން ފަށާނެކަމަށް އެ އެއަރވޭސް އިން ބުނެފިއެވެ.

ޤަތަރު އެއަރވޭސް އިން ބުނީ މިމަހުގެ 28ވަނަ ދުވަހުން ފެށިގެން އެ އެއަރވޭސްގެ އިތުރު ފްލައިޓެއް ރާއްޖެއަށް ދަތުރުކުރަން ފަށާނެކަމަށެވެ. އަދި ކުރިން ދުވާލެއްގެ މައްޗަށް އެ އެއަރވޭސް އިން ރާއްޖެއަށް ދެ ދަތުރު ކުރަމުންއައިނަމަވެސް، މި ފްލައިޓާއެކު މި އަދަދު ތިނަކަށް ބަދަލުވާނެކަމަށެެވެ. އެގޮތުން މިއާއެކު ކުރިން ހަފްތާއަކު އެ އެއަރވޭސްގެ 14 ފްލައިޓް ރާއްޖެ އައިނަމަވެސް މި އަދަދު 21 ފްލައިޓަށް އިތުރުވެގެންދާނެކަމަށްވެސް ޤަތަރު އެއަރވޭސް އިން ބުނެއެވެ.

މި ދަތުރު ތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޭ330-300 މަރުކައިގެ މަތިންދާ ބޯޓާއި އޭ320-200 ގެ މަތިންދާބޯޓު ކަމަށްވެސް ޤަތަރު އެއަރވޭސް އިން ބުނެއެވެ. މި މަރުކާގެ އުޅަނދުތަކުގައި 440 އާއި 227 އާއި ދެމެދުގެ ޢަދަދަކަށް ފަސެންޖަރުން އުފުލޭނެއެވެ.

ޤަޠަރު އެއަރވޭސުން ބުނީ އެ އެއަރވޭސް އިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރު ކުރުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޗުއްޓީ ރޭވުމުގައިވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ އޭޝިއާ ސަރަޙައްދުގައި އެ އެއަރވޭސްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ ކަމެއްކަމަށްވެސް ޤަޠަރު އެއާރވޭސް އިން ބުނެއެވެ.

ޤަޠަތު އެއަރވޭސް އިން ރާއްޖެއަށް އިތުރު ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަން އިޢުލާންކޮށްފައިވަނީ މި އަހަރުގެ މާޗްމަހު ޖަރުމަން ވިލާތުގައި ބޭއްވި އައިޓީބީ ފެއަރގައެވެ.