ޚަބަރު

އުރީދޫ ސުޕަރނެޓްގެ ޚިދުމަތް އައްޑޫސިޓީގެ ހުރިހާ ރަށަކަށް ދޭންފަށައިފި


ހާއްސަ ޕްރޮމޯޝަނަކާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް އައްޑޫސިޓީގެ ހުރިހާ ރަށަކަށް ދޭންފަށައިފިއެވެ.

އުރީދޫއިން މުޅި އައްޑޫގެ ހުރިހާ ރަށަކަށް ސުޕަނެޓް ޚިދުމަތް ފަށާފައިވަނީ 1 އަހަރު ވަންދެން ސުޕަރނެޓް ޕެކޭޖު ތަކުން %75 އިތުރު ޑޭޓާ އެލަވެންސް ލިބޭ ޕޮރޮމޯޝަނަކާ އެކުއެވެ. އައްޑޫގެ ހުރިހާ ރަށަކަށް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ދޭން ފަށާފާއިވާއިރު މިއީ އެއް އަތޮޅެއްގެ ހުރިހާ ރަށަކަށް ސުޕަރނެޓްގެ ޚިދުމަތް ދޭން ފަށާ ފުރަތަމަ ފަހަރު ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

އުރީދޫ ސުޕަރނެޓްގެ ޚިދުމަތް އައްޑޫސިޓީގައި ދޭންފެށުމަށް އައްޑޫސިޓީ ހިތަދޫ ސުވަދީވް ކެފޭގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އައްޑޫސިޓީއަށް ސުޕަނެޓްގެ ޚިދުމަތް ތައާރަފް ވެގެން ދިއުމުން އެންމެ ދެކެން ބޭނުންވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުވެ ކުރިއަރައިގެންދާ މަންޒަރު ކަމަށެވެ. އަދި މީގެ ސަބަބުން އައްޑޫގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ވިދާޅުވީ ސުޕަނެޓްގެ ޙިދުމަތް މިއަހަރު މިހާތަނަށް 13 ރަށަކަށް ތައާރަފް ކުރެވިފައިވާ ކަމަށާއި، އަދި އަހަރު ނިމުމުގެ ކުރިން މި އަދަދު 20 އަށް އިތުރު ކުރާނެކަމަށެވެ.

އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ގުޅައިދިނުމާއި ރަޖިސްޓްރީ ކުރުމަށް ފީއެއް ވެސް ނުނަގާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ޚިދުމަތް ހޯދުމަށް ބޭނުންވާ ރައުޓަރ އިންސްޓޯލްމެންޓަށް ނެގޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. އުރީދޫއިން ސުވަދީވް ކެފޭގައި ބޭއްވި ޙަފްލާގައި، އުރީދޫގެ ސީއީއޯ ނަޖީބް ޙާންގެ އިތުރުން އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގާއި، އުރީދޫ އަދި އައްޑޫސިޓީގެ ބައެއް މުއައައްސަތަކުގެ އިސްވެރިން ވަނީ ބައިވެރި ވެފައެވެ.

އުރީދޫއިން އައްޑޫ ސިޓީއަށް ސުޕަރނެޓްގެ ޙިދުމަތް ތައާރަފް ކޮށްފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ. އޭރު އުރީދޫއިން މި ހިދުމަތް ދޭން ފެށީ މަރަދޫ އަދި މަރަދޫ-ފޭދޫގެ ރައްޔިތުންނަށެވެ. އުރީދޫން އައްޑޫގެ ހުރިހާ ރަށަކަށް ސުޕަނެޓް ޚިދުމަތް ދޭން ފަށާފާވާއިރު، މި ޙިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހުޅުމީދޫގައެވެ.