ޚަބަރު

އިލްހާމްގެ މެމްބަރުކަންވެސް ނުގެއްލޭކަމަށް ޙުކުމްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އިލްޙާމް އަޙްމަދަކީ 2017 ވަނަ އަހަރުގެ ޖުލައިމަހު ޕީޕީއެމުން ވަކިކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މަޖިލިސް މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނަޑައެޅި ބާރަ މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން މެންބަރުކަން ނުގެއްލޭކަމަށް ކަނޑައެޅި 7 ވަނަ މެންބަރެވެ.

12 މެންބަރުންގެފަރާތުން ސުޕްރީމް ކޯޓަށް ވަކިވަކިން ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ ނިންމައި މިއަދު މެންދުރު ކުރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީގެ މެންބަރުކަމާ ގުޅޭ މައްސަލަ ނިންމުމަށް މިއަދަށްވަނީ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައެވެ.