ޚަބަރު

އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ކޮމިޓީން ފާސްކޮށްފި


އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް، އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލު ދިރާސާކުރި ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލު ދިރާސާކުރި ކޮމިޓީގެ އިއްތިފާޤުން ނިންމާފައިވަނީ އެޤާނޫނަށް އެއްވެސް ބަދަލެއް ނުގެނެސް، ޤާނޫނު އުވާލުމަށެވެ. އެހެންކަމުން ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން މިކަމާމެދު ގޮތެއް ނިންމެވުމެވެ.

އެންޓި-ޑިފެކްޝަން ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ފާސްކޮށްފައިވާ ޤާނޫނެކެވެ.

މިޤާނޫނު އުވާލުމަށް މަޖިލީހަށް މިމަހުގެ 24 ވަނަ ދުވަހު ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުއެވެ.