އެސްޓީއޯ އިން ގޮދަން ފުށް ގަތުމުގައި ސަމާލު ވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެސްޓީއޯ ގެ ބެޗް ނަންބަރު 17016853 ގެ ގޮދަން ފުށުގައި މަސައްލަތަކެއް ފާހަގަ ވުމާއިއެކު، އެ ބެޗުގެ ގޮދަން ފުށުގައި ހުރި މައްސަލަ ދެނެގަތުމަށް އެ އޮތޯރިޓީން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
އެސްޓީއޯ އިން އެތެރެކޮށް ވިއްކަމުންދާ ގޮދަން ފުށުގެ 17016853 ބެޗުގެ ފުށުގައި އާދަޔާ ޚިލާފު ވަހަކާއި ރަހައެއް ހުރިކަމަށް އެ އޮތޯރިޓީއަށް ފާހަގަ ވެފައިވާ ކަމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މައުލޫމާތު ދެއެވެ. ނަމަވެސް، މި މައްސަލަ އެހެން ބެޗް ތަކުގެ ގޮދަން ފުށުން ފާހަގަ ކުރެވިފައި ނުވާ ކަމަށާއި، އެހެން ބެޗް ގެ ގޮދަން ފުށަށް މިކަމުގެ އަސަރުކޮށްފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
އެސްޓީއޯ އިން އެތެރެކޮށް ވިއްކަމުންދާ ގޮދަން ފުށުގެ 17016853 ބެޗުގެ ފުށުން ފާހަގަކުރެވުނު މައްސަލައާއި ގުޅިގެން ޢާއްމުން ޒަރޫރީ ބޭނުންތަކައް ގޮދަން ފުށް ގަންނައިރު ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އެމްއެފްޑީއޭއިން އިލްތިމާސް ކުރެއެވެ. އަދި ގުދަން ފުށް ބޭނުންކުރުމާއި ރައްކާ ކުރުމުގައި، ރައްކާތެރި ވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅު އެޅުމަށްވެސް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.