ޚަބަރު

މެމްބަރުންގެ އަދަދު އިތުރުނުވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރަށްވުރެ އިތުރުނުވާނޭ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 28 މެއި 2014ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާތަކާއި އިންތިޚާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެންބަރުންކަމަށް ކަނޑައެޅުމަށެވެ.

މެމްބަރުންގެ އަދަދު އިތުރު ނުކުރެވޭ ގޮތަށް ޑރ.ޚަލީލް އިސްލާހު ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ދެ ދާއިރާއެއް އިތުރު ކުރުމަށް ނިންމާފައެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާއަށާއި މައްޗަންގޮޅީ މެދު ދާއިރާ ވަކި ދެ ދާއިރާ ކަމުގައި ކަނޑައަޅާއި އެ ދެ ދާއިރާއަށް 2 މެމްބަރުން އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.