ޚަބަރު

ރައީސްގެ ސްޕެޝަލް އެންވޯއީއަކަށް ޖާބިރު ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލަފާ އަރުވާ ސްޕެޝިއަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް ޢަބްދުﷲ ޖާބިރު ހަމަޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓް ޓްއާޒްގެ ވެރިޔާ ޢަބްދުﷲ ޖާބިރަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަގާމަށް ޖާބިރު އައްޔަން ކުރެއްވީ ޤާނޫނުނީގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ ގޮތުގައި އައްޔަން ކުރެއްވި ޖާބިރާ ހަވާލުކުރައްވާފައިވާ ޒިންމާއަކީ ރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ފައިދާވާނެ އެހީތެރިކަމާއި ހެވާއިލާބައާއި ފާގަތިކަން ހޯދައިދިނުމުގައި ދައުލަތުގެ ކަންކަން ކުރެއްވުމުގައި ރައީސަށް ވާގިވެރިވެ އެހީތެރިވުމުގެ ޒިންމާއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސްޕެޝަލް އެންވޯއީއަކަށް އައްޔަން ކުރެއްވި ޖާބީރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.