 
										
			ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން އަބްދުލްގައްޔޫމް އެސިސްޓެންޓް އެޓާނީޖެނެރަލްގެ މަގާމަށް ގާނޫނީ ވަކީލު
އިސްމާއީލް ވިޝާމް އައްޔަން ކުރައްވައިފިއެވެ.
 
އެސިސްޓެންޓް އެޓާނީޖެނެރަލްގެ
މަގާމަށް ވިޝާމް އައްޔަން ކުރައްވާފައި ވަނީ ފާއިތުވި ހަފްތާތެރޭގައެވެ.
އިސްމާއިލް ވިޝާމް، މަދަނީ ބޮޑެތި
މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާއިރު ރާއްޖޭގައި ބޯޑާ ކޮންޓްރޯލް
ސިސްޓަމެއް ގާއިމް ކުރުމަށް ކުރިން ހަވާލުކުރި މެލޭޝިޔާގެ ނެކްސް ބިޒް ލިމިޓެޑްގެ
ފަރާތުން ސިވިލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވާފައިވާ
ވަކީލަކީވެސް އޭނާކަން ފާހަގަކޮށްލެވެއެވެ. 
 
ވިޝާމް މިހާތަނަށް މަސައްކަތް
ކުރައްވަމުން ގެންދެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ހިއްސާ އޮންނަ
"ސުއޫދު އެންޑް އަންވަރު ކޯ" ލޯފާމްގައެވެ.