ޚަބަރު

"މޯލްޑިވްސް ތަރޑް ވޭ ޑިމޮކެރެޓްސް" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަނީ


މޯލްޑިވްސް ތާޑް ވޭ ޑިމޮކެރެޓްސް ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައެވެ.
މޯލްޑިވްސް ތާޑް ވޭ ޑިމޮކެރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ އިސްމާޢީލް އާސިފް އިސްކޮށް ހުންނަވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 6 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމް.ޑީޕީއާއި، އެމް.ޑީ.އޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި، އަދާލަތު ޕާޓީއެވެ.