ޚަބަރު

ރައީސް ޞާލިޙާއި އެކު ރަޙުމަތްތެރި ގުޅުމެއް ބާއްވަން ބޭނުން - ރައީސް ވަހީދު


ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައައްދަލުކުރެއްވުމުގައި ޑރ. ވަޙީދުވަނީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ރައީސް ޞާލިޙްގެ ސަރުކާރަށް ލިބިގެންދާނެކަން ހާމަކުރައްވާފައެެވެ.

ޑރ. ވަހީދު ކުރެއްވި ޓްވީޓް

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްއާ ބައްދަލުކުރައްވައި އެމަނިކުފާނާއި، ރަޙްމަތްތެރި ގުޅުމެއް ބާއްވަން ރައީސް ވަހީދު ބޭނުންފުޅުވާކަން ހާމަކުރެއްވިކަމަށާއި، ހުރިހާ ގޮތަކުންވެސް ރައީސް ޞާިލޙް އަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާނެކަމަށެވެ.

ރައީސް ޑރ. ވަހީދަކީ 2008 ވަނަ އަހަރު ގިނަ ޕާޓީތައް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނެވުމަށްފަހު، އޭރުގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދައުރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ދިވެހި ޖުމްހޫރިއްޔާގެ 5 ވަނަ ރައީސެވެ.