އުރީދޫ ސުޕަރނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް ރ. ދުވާފަރުގައި އިފްތިތާޙް ކޮށްފިއެވެ.
މިއީ 100 އެމްބީޕީއެސްގެ ހަލުއި ސްޕީޑްގައި ފޯރކޮށްދޭ ޚިދުމަތެއް ކަމަށް އުރީދޫއިން ބުނެއެވެ.
ދުވާފަރުގައި މި ޚިދްމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
މި ޚިދުމަތާއި ގުޅޭގޮތުން އުރީދޫގެ ސޭލްސް އެންޑް ބްރޭންޑިންގގެ ޑިރެކްޓަރު ޙުސެއިން ނިޔާޒް ވިދާޅުވީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރި އެރުން ގެނެއުމުގައި ހަލުވި ސްޕީޑްގެ ބްރޯޑް ބޭންޑް އިންޓަރނެޓް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށެވެ.
އުރީދޫގ އަމާޒަކީ ހަލުވި ސްޕީޑެއްގައި އަތްފޯރާ އަގެއްގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށް ދިނުން ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ. އަދި ދުވާފަރުގައި މި ޚިދުމަތް ތަޢާރަފް ވެގެން ދިއުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫ ސުޕަރނެޓް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ޕެކޭޖްތަކެއް ތައާރަފްކޮށްފައިވާއިރު، ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މިކަމާއި ގުޅޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާކަމަށް އުރީދޫން ބުނެއެވެ.