ޚަބަރު

ޝަފާޒްގެ މައްޗަށް ދަށުކޯޓުންކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި


މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގިކަމުގެ ކުށް ސާބިތުވި މ.ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގުގެ މައްޗަށް 18 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.މި ހުކުމް ހައިކޯޓުން ބާތިލް ކޮށްފައިވަނީ އެމައްސަލަ އިސްތިއުނާފް ކުރުމަށް އިބްރާހީމް ޝަފާޒު ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ، މިއަދު ބޭއްވި ފަހު އަޑުއެހުމުގައެވެ.އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގަކީ، 2011ވަނަ އަހަރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރާއްޖޭގައި މަސްތުވާ ތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑު ވިއުގައެއްގައި އިސްކޮށް ހުރި އެކަކުކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި މީގެ އިތުރުން އޭނާއަކީ ކުރިން ކްރިމިނަލް ކޯޓުން ކުރިން ކުރި ޖަލު ހުކުމް ތަންފީޒް ކުރަމުންދަނިކޮށް ސްރީލަންކާއަށް ބޭސްފަރުވާއަށް ދިއުމަށްފަހު އަނބުރާ ނައުމުގެ ސަބަބުން މިދިޔަ އަހަރު، ދިވެހި ފުލުހުންނާއި ސްރީލަންކާގެ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވާ މީހެކެވެ.