ސިޔާސީ

ޑިފެންސް މިނިސްޓަރ ނާޒިމް މަޤާމުން ވަކިކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަމުގެ މަޤާމަށް، މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލް މިއަދު ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- (ފޮޓޯ: ރައީސް އޮފީސް)

ޑިފެންސް މިނިސްޓަރުގެ މަގާމުން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވަކިކުރައްވައި އެ މަޤާމަށް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް ރައީސުލްޖުމްހޫރިއްޔާ މީގެ ކުޑައިރުކޮޅެއް ކުރިން އައްޔަން ކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޑިފެންސް މިނިސްޓަރކަމުން ރިޓޔަރޑް ކާނަލް މުހައްމަދު ނާޒިމު ރައީސުލްޖުމްހޫރިއްޔާ ވަކިކުރެއްވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށެވެ.ޑިފެންސް މިނިސްޓަރކަމުގެ މަގާމުން ނާޒިމު ވަކިކުރެއްވިއިރު ހޮނހިރުދުވަހުގެ ރޭ ފަތިހު ފުލުހުންވަނީ ނާޒިމު ދިރިއުޅުއްވާ އެޕާޓްމަންޓް ވަދެ ތަހްގީގަށް ބޭނުންވާ ބައެއް ތަކެތި ގެންގޮސްފައިކަމަށްބުނެފައެވެ.އާ ޑިފެންސް މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާވަނީ ރިޓަޔާޑް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލު ހަމަހައްސަވައި މަގާމުފެ ފަތްކޮޅު ދެއްވާފައެވެ.