ޚަބަރު

ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ފިޝަރީޒް މިނިސްޓަރަށް


ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީއާ ހަވާލުކުރައްވައިފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާޙީމް މުއާޒް އަލީ ވިދާޅުވީ ހެލްތު މިނިސްޓްރީ ހިންގެވުން ޝައިނީއާ ރައީސުލްޖުމުހޫރިއްޔާ ހަވާލުކުރެއްވީ މިއަދު ކަމަށެވެ.ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މަރިޔަމް ޝަކީލާގެ ނަންފުޅަށް މަޖިލީހުގެ ތާއީދު ނުލިބުމުން މިދިޔަ އަހަރުގެ އޯގަސްޓްމަހުން ފެށިގެން އެމިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުންގެންދެވީ އިއްޔެ ޑިފެންސް މިނިސްޓަރކަމުގެ މަގާމުން ވަކިކުރެއްވި ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމްއާއެވެ.