ޚަބަރު

ތިނަދޫގެ ފެނުގެ މައްސަލަ ހައްލުކުރުމަށް 300 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓަން ނިންމައިފި


ގދ.ތިނަދުއަށް ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އެ ރަށުގައި ތިންސަތޭކަ ޓަނުގެ ފެން ޕްލާންޓެއް ބަހައްޓަން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ގދ.ތިނަދުއަށް ފެން ފޯރުކޮށްދެމުން ދިޔައީ ސަތޭކަ ފަންސާސް ޓަނުގެ ފެންޕްލާންޓެއް ބޭނުންކޮށްގެން ކަމަށާ، އެ ޕްލާންޓަށް ކުއްލިއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެރަށުގެ އެކި ހިސާބުތަކަށް ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މިހާރު ހުރި ފެން ޕްލާންޓް މަރާމާތު ކުރެވެންދެން ވަކި ވަގުތުތަކެއްގައި ފެނުގެ ޚިދުމަތް މެދުކެނޑެމުން ދާނޭކަމަށާ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ތިން ސަތޭކަ ޓަނުގެ ފެންޕްލާންޓެއް ބަހައްޓައި އިންސްޓޯލް ކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.