ޚަބަރު

ރައީސް މައުމޫނުގެ ދެކަނބަލުން އިންޑިއާއަށް ފުރާ ވަޑައިގެންފި


ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް މައުމޫނާއި، އަނބިކަނބަލުން ނަސްރީނާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން ހާމަ ކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މައުމޫނުގެ ދެކަނބަލުން ފުރާ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

ރައީސް މައުމޫން، ކުރެއްވި ޓްވީޓުގައި ވަނީ، އަނބިކަނބަލުން ނަސްރީނާއާއެކު އިންޑިއާގެ ކޮއިންޕަތޫރަށް ބޭސްފަރުވާއަށް ފުރާވަޑައިގަންނަވާ ކަމަށާއި ހަފްތާއެއްހައި ދުވަސް ތެރޭގައި އެނބުރި މާލެ ވަޑައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.