ސިޔާސީ

ޖޭ.އެސް.ސީގެ ރައީސްކަމަށް އަލްއުސްތާޛު ޢަލީ ޙަމީދު އައްޔަންކޮށްފި


ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ޢައްޔަން ކުރުމަށް އެކޮމިޝަނުން ނިންމައިފިއެވެ.މިއަދު ބޭއްވި އެކޮމިޝަންގެ ޖަލްސާގައި ކޮމިޝަނުން ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ނެގި ވޯޓުން ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް ސްޕުރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ޢައްޔަން ކުރެއްވީ އެކަމަށްޓަކައި ނެގި ވޯޓުގެ އަޣުލަބިއްޔަތުންކަމަށް ޖޭ.އެސް.ސީން މައުލޫމާތުދެއެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ހަމީދު ޖޭ އެސް ސީ އަށް އައްޔާން ކުރެއްވުމަށް އެކޯޓުން ނިންމެވުމާއެކު، އެމަނިކުފާނު މަޤާމަށް ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރެއްވީ އިއްޔެއެވެ.ޖޭ.އެސް.ސީގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވީ އެމަޤާމުގައި ހުންނެވި ފަނޑިޔާރު އާދަމް މުހައްމަދު އިސްތިއުފާ ދެއްވުމާގުޅިގެންނެވެ.