މޯލްޑިވްސް ގެސްޓްހައުސް ސިމްޕޯސިއަމް 2018 ފަށައިފިއެވެ.
ގެސްޓްހައުސް ސިމްޕޯސިއަމް އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ. ގެސްޓްހައުސް ސިމްޕޯސިއަމަކީ، ހައުސްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް ބާއްވާ، މަހާސިންތާއެކެވެ.
ގެސްޓް ހައުސް މަހާސިންތާގައި، ގެސްޓް ހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް، މިދާއިރާގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
އޭގެތެރޭގައި ގެސްޓްހައުސް މާކެޓްކޮށް ޕްރޮމޯޓްކުރުމާއި ގެސްޓްހައުސްތަކުން ލިބޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާއާއި، ގެސްޓްހައުސް ހިންގުމުގައި ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމާއި، ގެސްޓްހައުސް ހިންގުމުގެ ޤާނޫނީ އޮނިގަނޑަށް ގެސްޓްހައުސް ހިންގާ ފަރާތްތައް އަހުލުވެރިކުރުވުން ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ "ޓުވަރޑްސް ސަސްޓެއިނަބަލް ޓުއަރިޒަމް" ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަމަކާ ދިމާލަށް، މިޝިޢާރެވެ.
ޤައުމީ ފެންވަރުގައި ބާއްވާ ގެސްޓް ހައުސްތަކުގެ މަހާސިންތާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ތިރީސް ދުވަހުގެ ތެރޭގައި ކުރުމަށް ނިންމަން ވަޢުދުވެފައިވާ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ.