ޚަބަރު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ސުހައިލް އަޙްމަދު އައްޔަންކުރައްވައިފި


ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން "އެޗްޑީސީ"ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް މއ. އެވަރބްރައިޓް ސުހައިލް އަޙްމަދު އައްޔަންކުރައްވައިފިއެވެ.

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ސުހައިލް އައްޔަންކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން އެޗް.ޑީ.ސީއަށް މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރައްވާފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެކުންފުނި ބަނގުރޫޓުވެ، ބޮޑެތި އަދަދުތަކުން ދަރަނިވެރިވެފައިވާކަމަށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި ޓްރާންސިޝަންކޮމެޓީން ބެލިބެލުންތަކުން ހާމަވެފައިވާކަން އެކޮމެޓީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޑީސީގެ އެމްޑީ އަކަށް މިއަދު އައްޔަންކުރެއްވި ސުހައިލް އަޙްމަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުޅުމާލެ ތަރައްގީކުރުމަށް އުފެއްދި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަގާމަޤާމާއި ގުޅިވަޑައިގެނެނެވުމަށްފަހު، ހުޅުމާލޭގެ ތަރައްޤީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ވެސް މުހިއްމު މަސައްކަތްކުރައްވާފައިވާ ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު އަމިއްލަފުޅަށް އެމަޤާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.