ޚަބަރު

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓްގެ މަޤާމަށް ޢައްޔަންކުރެއްވީ މާފަންނު ޖަވާހިރުވާދީ އިފްހާމް ޙުސައިނެވެ.

އެކަމަނާއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކްއީންސް ލޭންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިފްހާމް ޙުސައިން ވަނީ 2015 ވަނަ އަހަރު ޑުބާއީގައި ދެވޭ އިންޓަރނޭޝަނަލް އެވޯޑް ޕްރިންސަސް ހަޔާ ފޮރ ސްޕެޝަލް އެޑިއުކޭޝަން އެވޯޑާއި 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑްގެ އިތުރުން 2017 ވަނަ އަހަރު ރެހެންދި އެވޯޑް ވެސް ހާސިލް ކުރައްވާފައެވެ.

އިފްހާމް ޙުސައިން އެންމެ ފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ.