ޚަބަރު

ވަކީލުކަމުގެ ޙުއްދައަށް އެދި ހުށައެޅުމުގެ ފުރުސަތު ޑީޖޭއޭ އިން ހުޅުވާލައިފި


ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުޅުވާލައިފިއެވެ.

ޑީޖޭއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ "ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިމަހުގެ 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށައަޅަންޖެހޭނެކަމަށެވެ.

ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑީޖޭއޭ އިން ހުޅިވާލާފައި ވާއިރު، ޤާނޫނީ ޚިދުމަތުގެ ބިލު މިނަމުގައި ވަކީލުންގެ މަސައްކަތްތަކާއި ބެހޭ ބިލެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެެވެ.