ޚަބަރު

ވަކާލާތު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ އެދުމުގެ ފުރުސަތު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުޅުވާލައިފިއެވެ.

ޑީޖޭއޭއިން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމަށް އެދިލައްވާ ފަރާތްތަކަށް ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފޯމް އެ ޑިޕާޓްމެންޓުގެ ކައުންޓަރުންނާއި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމް ޑީޖޭއޭއިން ވަނީ ހަމަޖައްސަވާފައެވެ.

ޝަރުއީ ކޯޓުތަކުގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދެއްވަނީ ވަކި ބާވަތްތަކެއްގެ ކުށް ތަކުން ބަރީއަވުމާއެކު އެދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅުންނަށެވެ.