ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި އަންހެނަކު މަރުވެއްޖެ


ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބަންދު ކޮށްފައިހުރި އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބަހައްޓާފައިވަނިކޮށް މިއަދު މަރުވީ އުމުރުން 23 އަހަރުގެ އަންހެނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި އަންހެންމީހާ ބަންދުގައި ބަހައްޓާފައި ހުރީ ފޭރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލަ ފުލުހުން ބަލަމުންދާކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ހިއުމަންރައިޓްސް ކޮމިޝަނާއި ކަމާގުޅުންހުރި އިތުރު ފަރާތްތަކާއިވެސް ހިއްސާކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި. އޭނާ ވިދާޅުވީ އެފަރާތްތަކުން މިހާރު ބަލަމުންދާކަމަށެވެ.