ޚަބަރު

ހުޅުމާލޭގައި ހިންގި މާރާމާރީގައި އަނިޔާވި ދެކުދިންގެ ހާލުވެސް ރަނގަޅު


ހުޅުމާލޭގައި މިއަދު ހިންގި މާރާމާރީގައި އަނިޔާވި 2 ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭގައި މިއަދު ހިންގި މާރާމާރީގައި އަނިޔާވި 17 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ފަރުދީފައެވެ. އޭގެތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި އެމަރޖެންސީ ރޫމްގައި ފަރުވާދީފައިވާކަމަށާއި، އަނެއް ކުއްޖާއަށް ޑްރެސިންގ ރޫމްގައި ފަރުވާދިންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ނުންނެވެ. އިމަޖެންސީ ރޫމްގައި ފަރުވާދިނީ ގދ. ރަތަފަންދޫ އަށް ނިސްބަތްވާ ކުއްޖެއްކަމަށް އެހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް 2 މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށެވެ.