ޑައިވް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގެ ޙިދުމަތްތަކާއި އެކު ޑައިވިންގެ ތަޖުރިބާއަކަށް އެންމެ ކަމުދާނެ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.
ޑައިވިން ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަ އިނގިރޭސިވިލާތުގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ޕްލެނެޓް ޑައިވް ހޮލިޑޭސްއިން އެކުލަވާލާފައިވާ މިއަހަރުގެ އެންމެ ކަމުދާ ޑައިވް މަންޒިލްތަކުގެ ލިސްޓުގައި ރާއްޖޭގެ އިތުރުން މޮރިޝަސް، އޮމާން އަދި ގޯޒޯ ފަދަ މަންޒިލުތައް ހިމަނާފައިވެއެވެ.
ޕްލެނެޓް ޑައިވް ހޮލިޑޭސްއިން ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ ރާއްޖެއަކީ ޑައިވް ކުރުމަށް ޝައުގުވެރިވާ މީހުން އަބަދުވެސް ދިއުމަށް ޝައުގުވެރިވާ ޑައިވް މަންޒިލްތަކުގެ ލިސްޓުގައި ހިމެނޭ ޤައުމެއްކަމަށެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ޑައިވް ޕޮއިންޓްތަކަކީ އަބަދުވެސް ފާހަގަކޮށްލެވޭ ތަންތަނެވެ. އެތަންތަނަށް ޑައިވްކުރުމަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކުވެސް އިތުރުވަމުން އަންނަކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ.