ޚަބަރު

އިންޑަސްޓްރިއަލް ވިލެޖްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


މޭރީ ބްރައުން ދިމާއިން އިންޑަސްޓްރިއަލް ވިލެޖްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ މޭރީ ބްރައުންއާ ދިމާއިން އިންޑަސްޓްރިއަލް ވިލެޖްގައި ހުރި ކުނިތަކެއްގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވާލާފައެވެ.