ޚަބަރު

އެމް.ޑީ.ޕީގެ މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވޯކްޝޮޕް ބާއްވައިފި


ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕް ބާއްވައިފިއެވެ. އެއްދުވަހުގެ މުއްދަތައް ބޭއްވި މި ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް މަޖިލިސް ކެމްޕެއިނަށް ނުކުންނައިރު، ރައްޔިތުންނަށް ފައިދާހުރި ޕޮލިސީ ތަކާއިއެކު ކެނޑިޑޭޓުން ނެރުމަށް މަޝްވަރާކުރުމާއި، ކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމަށް މަސްވަރާ ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ރާއްޖޭގައޮ އިސްލާޙްކުރަންޖެހޭ ދާއިރާތަކަށް މަޖިލިސް މެދުވެރިކޮށް ގެންނަން ނިންމާފައިވާ ބަދަލުތައް ވަނީ ހާމަކޮށްފައެވެ.

މީގެ ތެރޭގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީއިން ގެންނަން ނިންމާފައިވާ ބަދަލުތަކާއި، ބޯހިޔާ ވަހިކަމާއި، ލާމަރުކަޒީދާއިރާއާއި، ކަރަންޓާއި ފެނުގެ އަގުހެޔޮކުރުމުގެ އިރުން ދަތުރުފަތުގެ ދާއިރާއާއި ފަތުރުވެރިކަން ކުރިއެރުވުން ފަދަ ދާއިރާތައް ހިމެނެއެވެ.

މަޖިލިސް އިންތިޚާބަށް އެމް.ޑީ.ޕީން ވާދަކުރާ ކެނޑިޑޭޓުންނާއި، ގައުމީ މަޖިލީހުގެ ބޭފުޅުންގެ އިތުރުން ޕާޓީގެ ކޮމެޓީތަކުގެ މެންބަރުން ބައިވެރިވެވަޑައިގެން މި ވާކްޝަޕްގައި އެކިއެކި ދާއިރާތަކުގެ ކަންކަން އިސްލާޙްކުރުމަށް ހުށައެޅި އިސްލާޙްތާކާއި ގުޅޭގޮތުންވަނީ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްފައެވެ.