ޚަބަރު

މާލޭ އުތުރުފަރާތު މޫދުން މަރުވެފައި އޮތް އިންޑިއާ މީހަކު ފެނިއްޖެ


މާލޭގެ އުތުރުފަރާތު މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 06:08 އެހާއިރު ކަރާ މާރުކޭޓާއި ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސި ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ މަރުވެފައި އޮތީ އިންޑިއާ ރައްޔިތެއް ކަމަށެވެ. ފުލުހުން ބުނީ ބޭރުފުޅުން އެއްވެސް އަނިޔާއެއް އެމީހާއަށް ލިބިފައިނުވާ ކަމަށެވެ.