ޚަބަރު

އެއްވެސް ޤައިދީއެއްގެ ބޭސްފަރުވާއަށް ހުރަސް ނާޅާނަން - ހޯމް މިނިސްޓަރ


ޖަލުގައި ހައްޔަރުކޮށްފައި ހުންނަ ޤައިދީއަކަށްވެސް އަދި އެހެން ޤައިދީއަކަށްވެސް ލިބެންޖެހޭ ބޭސްފަރުވާއަކަށް ހުރަސް ނާޅުއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބުގެ އަނބިކަނބަލުން އާމިނަތު ނަޝްވާގެ ޓްވީޓަކަށް މިނިސްޓަރު އިމްރާން ކުރެއްވި ރީ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަދީބް ވިޔަސް ނުވަތަ އެހެން ގައިދީއަކަށް ވެސް ލިބެން ޖެހޭ ފަރުވާގެ ހުރަހަކަށް އެމަނިކުފާނު ވެވަދައިނުގަންނަވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގައީދީންނަށް ފަރުވާ ދިނުމުގައި އެބޭފުޅާއަށް ދެވެންހުރި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައިވާއިރު، 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބްގެ ބޭސް ފަރުވާއަށް ހުރަސް އަޅަނީ އިމްރާން ކަމަށް ބުނެ އަދީބްގެ އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.