ޚަބަރު

މިފްކޯގެ ހެޑްއޮފީހާއި މަސްފިހާރަ ފަޅާލައިފި


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ހެޑް އޮފީހާއި މަސްފިހާރަ ފަޅާލައިފިއެވެ. ފުލުހުން ވިދާޅުވީ، މިފްކޯގެ ހެޑްއޮފީހާއި މަސްފިހާރަ ފަޅާލައިފައިވާ ކަމަށް މިއަދު ހެނދުނު 7:58 ހާއިރު، ރިޕޯޓްކޮށްފައިވާ ކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ޑަކަމަށެވެ.

މިފްކޯގެ ހެޑް އޮފީހާއި މަސް ފިހާރަ ފަޅާލި ނަމަވެސް އެތަނުން ގެއްލިފައިވާ ތަކެއްޗާ ބެހޭ މައޫލޫމާތު ސާފުނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފަޅާލާފައިވަނީ މާފަންނު ސްޓޭޑިއަމްގެ ހުޅަނގު ފަޅީގައި ހުންނަ މިފްކޯގެ މަސް ފިހާރައިގެ މައިދޮރާ އިންވެގެން ހުރި ބިއްލޫރިގަނޑެކެވެ.