ޚަބަރު

ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި


އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ޒިޔަތު ގޭބަންދަށް ބަދަލުކުރިކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެސަރވިސުން ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޒިޔަތުގެ މައްޗަށް އެމްއެމްޕީއާރުސީން ރިސޯރޓް ތަރައްޤީ ކުރުމަށް ރަށްރަށާއި ފަޅުތައް ދޫކުރުމުގައި ޚިޔާނާތެރިވެފައިވާ ކަމަށް ބުނެ ދަޢުލަތުންވަނީ 31 ދައުވާއެއް އުފުލާފައެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި މިހާތަނަށް ހިންގައިފައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާއަށް ވީ ނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މި ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.