ޚަބަރު

ކެނޑިޑޭޓުންގެ ރެކޯޑް ސާފުކުރާފޯމް މިހަފްތާ ބަންދުގައިވެސް ބަލައިގަންނާނެ - ޑީ.ޖޭ.އޭ


މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑް ސާފުކުރާފޯމް މިހަފްތާ ބަންދުގައިވެސް ދަށުކޯޓުތަކުން ބަލައިގަންނަގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ހުކުރުގެ 14:30 އިން އިރޮއޮއްސީ 18:00 އަށް އަދި ހޮނިހިރު ދުވަހުގެ މެންދުރުކުރި 11:00 އިން އިރުއޮއްސި ހައެއް ޖެހުމާހަމައަށް ބަލައިގަންނަމުންދާނެކަމަށެވެ.
އަދި ހަފްތާ ބަންދު ދެދުވަހު ހުށައަޅާ ފޯމްތައް އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ފެށިގެން ޑީ.ޖޭ.އޭ އިން ދޫކުރަމުންދާނެކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.

އަންނަ އޭޕްރީމް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލްކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިދިޔަ މަހުގެ 28 އިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.