ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޕްރައިވެޓޭޒޭޝަން ބޯޑާއި ޕޭކޮމިޝަނުގެ ސެކްރެޓޭރިއަޓް އުފައްދަވައިފި


"ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް" އާއި "ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، "ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް" އުފައްދަވާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުންކަމަށެވެ.

އަދި "ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް" އުފައްދަވާފައި ވަނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުންކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން މި އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.