ޚަބަރު

ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވައިފި


ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރ މާރިޔާގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ނާއިބް ރައީސް އަދި މިނިސްޓަރ އޮފް ޑިފެންސް، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެނބުރި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓުން މިނިސްޓަރު މާރިޔާއަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މިދަތުރުފުޅުގައި އަބޫދާބީގައި ބޭއްވި އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގަތެވެ. އަދި އެޤައުމުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ބިން އަޙްމަދު އަލްބަވަރްދީއާއި އެޤައުމުގެ ހިދާޔާ ސެންޓަރގެ އިސް ފަރާތްތަކާވެސް ބައްދަލުކުރެއްވިއެވެ. މީގެއިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއޭއީގެ ހިދާޔާ ސެންޓަރާއި ދެމެދު މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓަރ ވަނީ ސޮއިކުރައްވާފައެވެ.