ޚަބަރު

ގ. އީލަމް ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ގ.އީލަމް ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާނުގެ ޙަދިސާއެއްހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދު ހަވީރު ފަހެއްޖެހިއިރު ހިނގި މިހާދިސާގައި އީލަމް ގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި ހިފާގެންގުޅޭ ތަކެތި ބޭނުންނުކުރެވޭވަރަށް އަނދާފައިވާކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

އެމް.އެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ އެއެޕާޓްމަންޓްގެ އެއަރކޮންޑިޝަނެއްގެ އިންޑޯ ޔުނިޓްގައި ރޯވެ ސިޓިންގރޫމްގެ ސޯފާމައްޗަށް ވެއްޓިގެންކަމަށެވެ. މިހާދިސާ ހިނގައިގެން ފަޔަރއެންޑް ރެސްކިއުސަރވިސުން އެގެޔަށްދިއިރު އެއެޕާޓްމަންޓްގައި ތަޅުލާފައި ހުރިނަމަވެސް ސިފައިން ވަނީ އެފްލޯއަށް ވަދެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލައްވާފައެވެ.