ސިޔާސީ

ނުރަސްމީ ދަތުރެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް


ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

މިއީ އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެހެން ނަމަވެސް ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ އަވަށްޓެރި އިންޑިއާ އަށާއި ސްރީލަންކާއަށް ވަޑައިގަންނަވާފައެވެ.

ރައީސްގެ އަމިއްލަ ދަތުރުފުޅަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްކޮށްދިނުމުގައި ވަޒީރުންގެ އެހީތެރި ކަމަށް އެދިވަޑައިގެންފައެވެ.