ޚަބަރު

ކާނަލް ނާޒިމްގެ ރިޝްވަތުގެ މައްސަލަތަކެއް އެމް.ޑީ.ޕީން އޭސީސީއަށް ހުށައަޅައިފި


ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާގުޅޭ އިންތިޚާބީ ރިޝްވަތުގެ މައްސަލަތަކެއް އެމް.ޑީ.ޕީން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ދަނގެތީ ދާއިރާއަށް، ޖުމްހޫރީޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މުޙައްމަދު ނާޒިމުގެ ރިޝްވަތުގެ މައްސަލަ ބަލައިދިނުމަށް އެމް.ޑީޕީން އޭސީސީގައި އެދިފައިވަނީ އދ.ދަނގެތީ "ހަނދުރުނބާ"ގިޑިގެ އެޅުމުގެ ހުރިހައިޚަރަދެއްކޮށްދެއްވައި ފަންޑުކޮށްދެއްވީ ނާޒިމުގެ ނަމުގައި އޮންނަ “ނާޒިމް އަފާފު ފައުންޑޭޝަނުން” ކަމުގައި ބުނާތީ، އެ މައްސަލައާއި އަދި އިތުރު މައްސަލަތަކެއް ބަލައިދިނުމަށެވެ.

ކިޔާލަން

އެމް.ޑީޕީން ވިދާޅުވެފައުވަނީ މިމައްސަލަ އެޕާޓީން މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަޙްޤީޤުކުރާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުންކަމަށް، ޤާނޫނަށް ގެނައި އިޞްލާޙުގައި ބަޔާންކޮށްފައިވާކަން އެ ކޮމިޝަނުން ފާހާމަކުރައްވާފައިވާކަމަށެވެ.